
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް މިއަދުގެ 18:00 އިން މިރޭގެ 00:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވުމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.