
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ދިވެހި، އަރަބި އަދި އިނގެރޭސި ބަހުގެ ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ.

"ބުކް ޑޮނޭޝަން ވީކް" ނުވަތަ ފޮތް ހަދިޔާކުރާ ކުރާ ހަފްތާ ފާހަގަކުރުމުގެ ގޮތުން އެމް.އެން.ޔޫގައި މި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި، އަރަބި އަދި އިނގެރޭސި ބަހުގެ ފޮތް ހަދިޔާކުރުމަށް ވަނީ ހުޅުވާލެފައެވެ.
މިއީ، ބޭނުން ނުކުރާ ފޮތްތަށް އުކާލުމުގެ ބަދަލުގައި، އެ ފޮތްތަށް ހަދިޔާކޮށް، މަޢޫލުމާތު މުއްސަނދިކުރުމާއި ޢިލްމީ ދިރާސާކުރުމާއި ޢިލްމު އުނގެނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު މަޢުލޫތަކާއި ގުޅޭގޮތުން ޢިލްމު ހާޞިލުކުރުމުގެ މަގުފަހިކޮށްދިނުމަށް އެޅޭ ފިޔަވަޅެކެވެ.
އާންމުންނަށް ހުޅުވާލައިގެން ފޮތް ހަދިޔާކުރުމަށް ބޭއްވޭ މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ޢިލްމު އުނގެނުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ. އަދި ޤައުމީ ފެންވަރުގައި، ޢިލްމު އުނގެނުމުގެ ޝައުގު އުފެދި، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކޮށްފި

އެމް.އެން.ޔޫ އާއި އެން.އައި.ސީއާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫ އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއް




