logoEN
Sto top
ކުމުންދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި

ކުމުންދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި

އަހުމަދު ޝުރާއު

logo

8/28/2025, 8:15:17 AM

# ހދ. ކުމުންދޫ

-

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ. ކުމުންދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

Wamco

ކުމުންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ އާއި ކުޅުއްފުށި ސިޓީ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސަޢީދު އާއި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ކުމުންދޫގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދޭންފަށާފައިވާއިރު އެރަށުގައި ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށާފައެވެ. އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC