logoEN
WAMCO TOP 1
ކުރިނބީ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއަށް!

ކުރިނބީ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

8/27/2025, 10:41:22 AM

# ހދ. ކުރިނބި

-

ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

THE TRAVELLER AD

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުالله ނާޡިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ދަށުން 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއ،ި މެޝިނަރ،ީ ކޮންކްރީޓް މަސައްކަތް ކުރުމާއި ޓައިލްސް ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ދަވާދު ލުމާއި ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއ،ި ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއ،ި އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މި މަޝްރޫއަކީ 12.53 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމު މަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް
ފަހުގެ
HDC