
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށް އެ ބަނދަރަށް އިތުރު ހިދުމަތްތަކެއް!
# އެމްޕީއެލް-
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް ސަރުކާރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއިއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޅުދުފުއްޓަށް ވަޑައިގެންނެވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ.
މި އެއްބަސްވުމުގެ އިތުރުން ޅުދުއްްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ޚިދުމަތްތަކެއްވެސް ވަނީ މިއަދު އިފްތާހުކޮށްފައި އެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ޚިދުމަތެވެ. މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީވެސް ވަޒީރު ސައީދު އެވެ.
ސަރުކާރުން މައުލޫމާތު ދޭގޮތުގައި ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ގުޅުންހުރި

މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް އެމްޕީއެލުން ހަމަޖައްސައިދެނީ

ނޯތު ހާބަރު ސަރަހައްދު ކަނޑު އުޅަނދު ފަހަރަށް އަލުން ހުޅުވާލައިފި

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

.gif&w=3840&q=75)



