logoEN
WAMCO TOP 1
ދެއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މަކުނުދޫ އެއާޕޯޓު މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

ދެއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މަކުނުދޫ އެއާޕޯޓު މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

8/26/2025, 7:49:22 AM

# ހދ މަކުނުދޫ

-

ހދ. މަކުނުދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

THE TRAVELLER AD

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ އޮނަރަބަލް ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދު އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ދަށުން 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި 55,426 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި 6,500 އަކަފޫޓުގެ 1 ފަންގިފިލާގެ ފަސިންޖަރު ޓާމިނަލްއެއް ހެދުމާއި 6,500 އަކަފޫޓުގެ 2 ފަންގިފިލާގެ އަލިފާން ނިއްވާ އިމާރާތެއް ބިނާކުރުމާއި 460 އަކަފޫޓުގެ ފަޔަރ ޕޮންޑެއް ހެދުމާއި 70 އަކަފޫޓުގެ ސެކިއުރިޓީ ޕޯސްޓެއް ހެދުމާއި 5400 މީޓަރުގެ ޕެރިމީޓަރ ފެންސެއް ހެދުމާއި އެއާފީލްޑް ލައިޓިންގ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަޝްރޫޢަކީ 85.44 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކުރި މަޝްރޫއެކެވެ.

ކޮމެންޓް
ފަހުގެ
HDC