
އިއްޔެ ހުޅުމާލެއިން މަރުވެފައި އޮތްވާ ފެނުނު މީހާގެ އައިޑެންޓިޓީ ކަށަވަރެއް ނޫން، ބެލެވެނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދުން މަރުވެފައިވާ އޮތްވާ އިއްޔެ ފެނުނު މީހާއަކީ ކާކުކަން ސީދާ ދެނެގަނެވިފައިވާ ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ވޯޓާ ޕާކު ސަރަހައްދުން މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހަވިރު އެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ނިޔާވެފައި އޮތްވާ ފެނިފައިވަނީ ފިރިހެނެއް ކަމަށެވެ.
އަދި މިހާތަނަށް އެމީހާގެ އައިޑެންޓިޓީ ކަށަވަރުވެފައި ނުވި ނަމަވެސް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ގޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އަދި މީހާގެ އައިޑެންޓިޓި ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުން އިތުރަށް ބުނީ މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ޑީކޮމްޕޯސް ވެފައި ކަމަށެވެ.
ގުޅުންހުރި

ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު!

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހު 116 ފުލުހަކު ފުރިހަމަކޮށްފި

ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން: ސީޕީ ނަވީން
