logoEN
Sto top
ޓްރެފިކް މޮނީޓާސް ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި

ޓްރެފިކް މޮނީޓާސް ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި

އަހުމަދު ޝުރާއު

logo

8/25/2025, 11:30:49 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފަށައިފިއެވެ.

Wamco

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އޮގަސްޓް 23 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވަނީ މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލުގެ އިތުރުން ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމުގެ ތެރެއިން، ޓްރެފިކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދަރިވަރުން ބާރުވެރިކޮށް އަދި ލީޑަރޝިޕް ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތު ދިނުމާއެކު ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނު ކުރާނެއެވެ. މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC