
--
އއ. ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއިއެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ.
މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 52,000,110.00 ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ތޮއްޑޫ ދެކުނުފަރާތުގައި 430 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީ އެއް އެޅުން، ޖެޓީގެ ފަޅު ފުންކުރުން އަދި 70 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހިގެންދާނެއެވެ.
ގުޅުންހުރި

ތޮއްޑޫ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފި

ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން އައު ޖެނެސެޓަކާއިއެކު ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

އެމްގެޕް ވޯކްޝޮޕްގެ ބައިވެރިން އަމަލީ ތަމްރީނަށް އއ. ތޮއްޑޫއަށް!

.gif&w=3840&q=75)



