
ޖުލައި މަހުގެ ނިޔަލަށް މަސްވެރިންގެ ދަފްތަރުގައި ދަފްތަރުވި 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި
# މަސްވެރިން-
މިދިޔަ ޖުލައި މަހުގެ ނިޔަލަށް، މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ދަފްތަރުވި 25 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ވަނީ ދޫކޮށްފައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިއީ މަސްވެރިންނަށް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މިހާރު ވަނީ އެމީހުންގެ އާމްދަނީއަށް ބިނާކޮށް، ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިފައެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަފްތާ 14 ގެ ތެރޭގައި ވަނީ ކޮށްފައެވެ. މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމެވެ.
މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކޮށް، ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.
ގުޅުންހުރި

އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް އެކްސްޕޯޓް ކުރި މިންވަރު 88.8% އިތުރުވެއްޖެ

ޖުލައި މަހުގެ ނިޔަލަށް މަސްވެރިންގެ ދަފްތަރުގައި ދަފްތަރުވި 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
