
ފަރުމަސް އާލާކޮށް، މީހުން ބިނާ ކުރުމަށް ހިންގާ މެރިން ހެޗަރީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެ ވަނަ އަސާސީ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މެރިކަލްޗަރ ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރ މަހުގެ 18 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. 14 ދުވަހުގެ މުއްދަތަށް ކ. މަނިޔަފުށީގައި ކުރިއަށްގެންދާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 15 ފަރާތަކަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކޯހެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު މެރިން ރިސާޖް ސެންޓަރުގެ މެއިލް އަށް ޢީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.
https://gazette.gov.mv/iulaan/355688
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މެރިން ރިސާޖް ސެންޓަރުގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.
ގުޅުންހުރި

ފަރުމަސް އާލާކޮށް، މީހުން ބިނާ ކުރުމަށް ހިންގާ މެރިން ހެޗަރީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮލަމާފުށި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާ ބޭހޭ ކޮލެޖްގެ އޮގަސްޓު އިންޓޭކް އަށް ހުޅުވާލައިފި
