
ފުލުހުން ސީޒްކުރި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
ފުލުހުން ސީޒްކުރި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅު މައްސަލައެއްގެ ތެރެއިން ސީޒް ކުރެވުނު ފައިސާއާއި ބެހޭގޮތުން ފާހަގަކުރެވުނު ޖުމުލަ ހިސާބުގެ ފަރަގަކާއި ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިކަން ފާހަގަކުރެވުނީ މިމަހުގެ 13 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން މި މައްސަލައގެ ތެރެއިން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ހަތަރު ލައްކައަށްވުރެ ގިނަ ފައިސާއެވެ.
ފުލުހުން އިތުރަށް ބުނީ ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ފުލުހުން ސީޒްކުރި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް!
.jpg&w=3840&q=75)
ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
