logoEN
Sto top
ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

އަހުމަދު ޝުރާއު

logo

8/14/2025, 5:19:09 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސްކޫލުތަކުގެ ބެލެނިވެރިންނަށް މައުލޫމާތުދީ އެކި ކަންކަމަށް އަހުލުވެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މާމެންދޫ ސްކޫލުގައި މި މަހު 13 ވަނަ ދުވަހުގެ ކުރިއަށް ގެންދިޔަ މި ސެޝަނަކީ ކްރައިމް ޕްރިވެންޝަނާއި ގއ. އަތޮޅު ޕޮލިހާއި މާމެންދޫ ޕޮލިސް އަދި ގއ. އަތޮޅު ސްކޫލު ޕީޓީއޭ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި ބެލެނިވެރިޔާއަކީ ކޮބައިކަމާއި ބެލެނިވެރިންގެ ޒިންމާތަކާއި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ކާމިޔާބު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކާއި ބެލެނިވެރިންގެ ޒިންމަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިކަން އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިންގެ ފަރާތުން ރަނގަޅު ކަންކަމަށް އުންމީދު ކުރާއިރު، ބެލެނިވެރިޔާއަކީ ވެސް ދަރިން އުންމީދު ކުރާފަދަ ބެލެނިވެރިއެއްތޯ އަމިއްލައަށް ވިސްނުމަށާއި ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ދަރިންނާ ގުޅިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިންނާ ރަނގަޅު ގުޅުމެއް އުފެއްދިދާނެ ގޮތްތަކާއި ދަރިންކުރާ ރަނގަޅު ކަންކަމުގައި އެއްބާރުލުންދީ އެ ކަންކަން ފާހަގަކޮށް ދަރިންނަށް ހިތްވަރުދިނުމުގެ މުހިންމުކަމާއި ދަރިންގެ މެދުގައި ތަފާތު ނުކުރުމަށާއި ދަރިން ވަގުތު ހޭދަކުރާ މާހައުލަކީ ކޮންކަހަލަ މާހައުލެއްކަން ދެނެގަތުމަށާއި ކުށުގެ ވެށިން ދަރިން ރައްކާތެރިކުރުމަށް ދަރިންގެ އެކުވެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމަށާއި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ދަރިންގެ މިޒާޖު ދެނެގަތުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް، ބެލެނިވެރިންގެ ފަރާތުން ދަރިންނަށް އަބަދުވެސް ރިވެތި ނަމޫނާ ދެއްކުމަށާއި ރަނގަޅު އާއިލާއެއް ބިނާކުރުމަށް ވިސްނަންޖެހޭ ކަންކަމާއި ގަނާކުރުންފަދަ ނޭދެވޭ ކަންކަމުން ދަރިން ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް މި ސެޝަނުގެ ތެރެއިން ހިއްސާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC