logoEN
Sto top
ތުޅާދޫ އެއާޕޯޓުގެ އިންފްރާާސްޓްރަކްޗަރ ތަރައްޤީކުރުމަށްވެސް އެމްޓީސީސީއަށް!

ތުޅާދޫ އެއާޕޯޓުގެ އިންފްރާާސްޓްރަކްޗަރ ތަރައްޤީކުރުމަށްވެސް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

8/12/2025, 11:19:14 AM

# ބ ތުޅާދޫ

--

ބ. ތުޅާދޫގައި އެއާޕޯޓު އިންފްރާާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއިއެވެ. އެގޮތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ އެމްޓީސީސީއާއި މިއަދު ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ރަންވޭ އާއި ޓަރމިނަލް އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ފެސިލިޓީތައް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށާފައި އެވެ. އެމަސައްކަތްވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC