
-
ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގއާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާޞިމް ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަހީދާ ޠާހިރުއާއި ވޯކްފޯސް ހެލްތު އެންޑް ވެލްބީންގގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމުގައި، ބޮޑީމާސް އިންޑެކްސް ބެލުމާއި ހަކުރު ބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ބުނެދިނުމާއެކު ބޮޑީމާސް އިންޑެކްސްގެ ނަތީޖާއާ ބެހޭގޮތުން ޑޮކްޓަރުން އަދި އެޑިއުކޭޓަރުންނާއި މަޝްވަރާކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މި ޕްރޮގްރާމުގައި، މައުލޫމާތު ދެއްވަނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
މި ޕްރޮގްރާމު މިއަދު އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދާއިރު މި މަހު 13 ވަނަ ދުވަހު މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ވޯކްފޯސް ހެލްތު އެންޑް ވެލްބީންގގެ ފަރާތުން ކުރިއަށް ގެންދެއެވެ.
ގުޅުންހުރި

ފުލުހުން ސީޒްކުރި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް!
.jpg&w=3840&q=75)
ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
