
-
އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިންގ (މެމޮގްރަފީ)ގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވެރިކަންކުރާ އަދި އަތޮޅުގެ މައި ހޮސްޕިޓަލް ހުންނަ އޭދަފުއްޓަށް ވަޑައިގެންނެވެ. އެގޮތުން މި ހިދުމަތް ބ އަތޮޅުގައި ފަށާފައިވަނީ އަތޮޅު ހޮސްޕިޓަލުގައި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކެންސަރ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ.އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ޚިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ރޭވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ބ.ހއ. ށ.ގއ. އަދި ފުވައްމުލަށް ސިޓީ ހިމެނެއެވެ.
ގުޅުންހުރި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑް އަދި ލިޓިލްމެއިޑް ދަރިވަރުންނަށް ލީޑަރޝިޕް ސެޝަނެއް!

ބ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ބ. އަތޮޅު އާރް.ޓީ.އެލް ފެރީ: ފުރަތަމަ ތިން ހަފްތާގައި 1500 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފި




