
-
ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި އެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ އާރްޑީސީއާއިއެވެ. އެގޮތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
ސަރުކާރުން މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 181.7 މިލިޔަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުއާއިއެކު ބ އަތޮޅު ހޮސްޕިޓަލުގެ ޖާގަ އިތުރުވެ އިތުރު ވަސީލަތްތަކާއި ހިދުމަތްތައް އެހޮސްޕިޓަލުގައި ތައާރަފްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ތެރޭގައި ކުންފުނިތަކާއި ހަވާލުކުރެވި އަދި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައި އެވެ.
ގުޅުންހުރި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑް އަދި ލިޓިލްމެއިޑް ދަރިވަރުންނަށް ލީޑަރޝިޕް ސެޝަނެއް!

ބ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ބ. އަތޮޅު އާރް.ޓީ.އެލް ފެރީ: ފުރަތަމަ ތިން ހަފްތާގައި 1500 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފި




