
-
ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެ ޕިއުޓީ މެނޭޖިން ޑިރެކްޓަރ،ު އަލްފާޟިލް މުޙައްމަދު ޖަމްޝީދެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ހަސަން ރަޝީދެވެ.
މި މަޝްރޫޢުގެ ދަށުން، 55.40 ހެކްޓަރުގެ ބިން ހިއްކުމާއި، 2804 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 1677 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 507.26 މިލިއަން ރުފިޔާއަށް 660 ދުވަސްތެރޭ ނިންމުމަށެވެ.
3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. ތުޅާދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއްކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން އެކިއެކި ބޭނުންތަކުގައި ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބިގެން ދާނެކަމަށާއި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.








