
މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް އިސްލާމިކް!
# މޯލްޑިވްސް ޒަކާތު ހައުސް# ބީއެމްއެލް# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގެ ޕްލެޓިނަލް ސްޕޮންސަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ.

ޕްލޭޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބީއެމްއެލް އިސްލާމިކް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ޒަކާތު ހައުސްއާއިި ބިއެމްއެލް އިސްލާމިކް އިއްޔެ ވަނީ ސޮއިކުރައްވާފައެވެ.
ބީއެމްއެލް އިސްލާމިކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން ޢަދުނާންއެވެ. ބީއެމްއެލް އިސްލާމިކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބީއެމްއެލް އިސްލާމިކް ބޭންކިންގެ ޑިރެކްޓަރ ހަސަން ކަލާމްއެވެ.
ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ 2025 އޯގަސްޓު 23 ވަނަ ދުވަހުއެވެެ.
ގުޅުންހުރި

އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ!

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ!

ނުފުރި ތިބި 164 ޢުމްރާވެރިންނަށް އުމްރާއަށް ފުރޭގޮތް ސަރުކާރުން ހަމަޖައްސައިދީފި

.gif&w=3840&q=75)



