
--
ހއ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީ އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިއަދު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.
ސަރުކާރުން މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 77,130,423.72 ރުފިޔާއަށެވެ.
މި އެއްބަސްވުމުގެ ދަށުން ފިއްލަދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރާ މަގުތަކުގެ ފެނާއި ނަރުދަމާ އަދި ކޭބަލްތަކުގެ ވިއުގަ އިތުރަށް ފުރިހަމަ ކުރެވިގެންދާނެ އެވެ.
.gif&w=3840&q=75)




