
ފިއްލަދޫއާއި އުތީމުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅައިފި
# ހއ ފިއްލަދޫ# ހއ. އުތީމު--
ހއ އުތީމާއި ފިއްލަދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅައިފި އެވެ.

އެދެރަށުގައި ވަކިން ވަކީން ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގައި އެދެއިމާރާތުގެ ބިންގާވެސް އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ދެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، އެދެރަށުގެ ކައުންސިލްގެ ރައީސުންނާއި، ކައުންސިލް މެންބަރުންނާއި، އެ ދެރަށު ޑަބްލިޔޫޑީސީގެ މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، އެ ދެރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރައްވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެން ދާނެއެވެ.
ގުޅުންހުރި

އުތީމުގެ ސިއްޙީ މަރުކަޒުގައިވެސް ލެބޯޓަރީގެ ޚިދުމަތް ފަށައިފި
.jpg&w=3840&q=75)
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމު ރައްޔިތުންނަށް އަރުވައިފި

ފިއްލަދޫގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު އާރްޑީސީއަށް!

.gif&w=3840&q=75)



