
-
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އަދި މޯލްޑިވްސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގައި " ދަ ސްޓޭކްހޯލަޑަރ ވޯކްޝޮޕް ފޮރ ޕޮޕިއުލޭޝަން ސިޓުއޭޝަން އެނާލިސިސް" ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެމް.އެން.ޔޫގެ ބިޒްނަސް ސްކޫލްގައި ބޭއްވުނު މި ވޯކްޝޮޕްގައި، ދިވެހިރާއްޖޭގެ އާބަދީއާއި ގުޅޭގޮތުން އެކުލަވައިލެވިފައިވާ ތަފާސް ހިސާބުތަކާއި، މި ތަފާސް ހިސާބުތަކުގެ ޢަލީގައި ދިވެހިރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި އެވެ.
އަދި މިފަދަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މުހިއްމު ދާއިރާތަކަށް އަންނާނެ ކުރިއެރުމާއި ދިމާވެދާނެ ގޮންޖެހުންތަކާއި ގުޅޭތުން މި ވޯކްޝޮޕްގައި ވަނީ މަޝްވަރާކުރެވިފައެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ފަދަ ބައިނަލްއަޤްވާމީ މުވައްސަސާތަކާއި މޯލްޑިވްސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ފަދަ އިދާރާތަކާއި ގުޅިގެން ބޭއްވޭ މިފަދަ ވޯކްޝޮޕްތަކުގެ ސަބަބުން ވޯކްޝޮޕްގެ ބައިވެރިންނަށް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް ޙައްލުކުރުމުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި އެއްބާރުލުން ލިބިގެންދާނެއެވެ.
ގުޅުންހުރި

އެމްއެންޔޫއާއި އެމްއެމްއޭއާއި ދެމެދު އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެއް!

މެރިން ސައިންސް ދާއިރާ ކުރިއެރުވުމަށް އެމް.އެން.ޔޫ އަދި ސޮނޭވާ ސީ.އެސް.އެމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިހަވަންދޫގައި އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް ގާޢިމުކުރަނީ
