logoEN
Sto top
ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކަށް ސިފައިން އެހީތެރިކަންފޯރުކޮށްދީފި

ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކަށް ސިފައިން އެހީތެރިކަންފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

8/7/2025, 5:50:35 AM

# ހދ. ކުމުންދޫ

-

ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުޅުދުއްފުއްޓަށް ގެންގޮސްދީފިއެވެ.

Wamco

ސިފައިން މިއަދު ނުނީ އެ ލޯންޗު، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.

އަދި އެ މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށް، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްފާރްޓްގައި ވަނީ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ.

އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ވަނީ ނަގާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC