logoEN
Sto top
 އެސްއޯއީ ކޮމިޓީންވެސް ޝުޖާއު ވަކިކޮށްފި

އެސްއޯއީ ކޮމިޓީންވެސް ޝުޖާއު ވަކިކޮށްފި

އަހުމަދު ޝުރާއު

logo

8/5/2025, 7:07:52 AM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކޮށްފި އެވެ.

Wamco

ކުއްލި ގޮތަކަށް ޝުޖާއު އެކޮމެޓީން ވަކިކޮށްފައިމިވަނީ މީސް މީޑިއާގައި ފެންމަތިވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއްގައި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާއި ބެހޭ މައުލޫމާތު އާންމުވުމާއި ގުޅިގެންނެވެ. މި ރިޕޯޓު ތައްޔާރުކުރިތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި މައްސަލަ ފެންމަތިވުމާއިއެކު އިއްޔެ ޝުޖާއު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަކިކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމެޓީން ވަކިކުރުމަށްފަހު ޝުޖާއު ވަނީ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީއަށް ހަމަޖައްސާފައި އެވެ.

މިއަދު ޝުޖާއު ވަކިކުރި އެސްއޯއީ ކޮމެޓީގެ މުގައްރިރަކީޥެސް އޭނާއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަން މަޖިލިހުގައި އޮންނަ އެސްއޯއީ ކޮމިޓީ އަށް ޕީއެންސީން އައްޔަން ކޮށްފައިވާ ޝުޖާއުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC