
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން "ރިވިއު ސްމާޓް، ސައިޓް ކޮންފިޑެންޓްލީ ފޮރ އެކަޑެމިކް އެކްސެލެންސް"ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 09:00 އަކުން މެންދުރު 12:00 އާއި ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ ފެސިލިޓޭޓަރ އަކީ ޑރ. ރުކްސާނާ އަޙްމަދެވެ.
މި ވޯކްޝޮޕްގައި، އަންޑަރގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ އިތުރުން ދިރާސާކުރާ ފަރާތްތަކަށް ޢިލްމީ ލިޔުންތެރިކަމުގެ ހުނަރު އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ސައިޓޭޝަން، އެކަޑެމިކް ރިވިއު ފަދަ މުހިއްމު މަޢުލޫތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެވިގެންދާނެއެވެ.
އަދި ވޯކްޝޮޕްގެ ބައިވެރިންނަށް އަމަލީގޮތުން ތަމްރީނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ވޯކްޝޮޕްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނެއެވެ.
ގުޅުންހުރި

އެމްއެންޔޫއާއި އެމްއެމްއޭއާއި ދެމެދު އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެއް!

މެރިން ސައިންސް ދާއިރާ ކުރިއެރުވުމަށް އެމް.އެން.ޔޫ އަދި ސޮނޭވާ ސީ.އެސް.އެމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިހަވަންދޫގައި އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް ގާޢިމުކުރަނީ
