
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަހި ފުރުޞަތު ސީރީޒްގެ ދަށުން، "މެނޭޖިންގ ޗޭންޖް: އިންޖީނިއަރިންގ އަ ލައިފް؟" ގެ ނަމުގައި އިންޖީނިއަރިންގ ދާއިރާއާއި ގުޅޭ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޔުނިވާސިޓީން ހާމަކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ 08 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ މެންދުރު 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަނުގައި ވާހަކަދައްކަވާނީ ފުންނާބު އުސް އިންޖީއަރ އަދި ވިޔަފާރިވެރިޔާ، ޑރ. އިބްރާހިމް ނަޝީދު ކަމަށެވެ.
ޑރ. އިބްރާހިމް ނާޝިދު ވަނީ ސޯލަރ ފަވަރ އަދި ކްލީން ޓްރާންސްްޕޯޓް ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދެއްވުމުގައި އިސް ދައުރެއް ޢަދާކުރައްވައިފައެވެ.
މި ސެޝަންގައި، އެބޭފުޅާގެ މަސައްކަތްތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތަކުގެ އިތުރުން އިންޖީއަރިންގ ދާއިރާއިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނާއި މުޚާތަބުކުރައްވައި ވާހަކަދައްކަވާނެއެވެ.
މި ސެޝަން އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ އޭ ބްލޮކް އޮޑިޓޯރިއަމްގައި، އާންމުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބޭއްވޭ ސެޝަނެކެވެ. މިފަދަ ސެޝަންތަށް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން އެކި ދާއިރާގެ އެކި މަސައްކަތްތަކަށް ހޭލުންތެރިކުރުވައި، މަޢޫލޫމާތު މުއްސަނދި މުޖުތަމަޢުއެއް ބިނާކުރުމެވެ.
ގުޅުންހުރި

އެމް.އެން.ޔޫ ފަހި މުސްތަޤްބަލް ސީރީޒް: އިންޖީނިއަރިންގ ދާއިރާއާއި ގުޅޭ ސެޝަނެއް މާދަމާ!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ކައުންސިލުން ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށައިފި
