
އިމިގްރޭޝަނުން ޔޫއޭއައިއެސްގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނީޓަރކުރަނީ
# މޯލްޑިވްސް އިމިގްރޭޝަން--
ދިވެހި އިމިގްރޭޝަނުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެއިދާރާގެ ސީޕޯޓު ޑިވިޜަނުން ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއްކަމަށް އިމިގްރޭޝަނުން ވަނީ މިއަދު ހާމަކޮށްފައެވެ.
އަދި މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
އިމިގްރޭޝަންގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދަނީ ކުރަމުންނެވެ.
ގުޅުންހުރި

އިމިގްރޭޝަނުން ޔޫއޭއައިއެސްގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނީޓަރކުރަނީ

މާލޭގެ ކެފޭއެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު ހައްޔަރަށް!

މާލެގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
