
--
ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 4،000ރ.އަށް ބޮޑުކޮށް، މި މަހުން ފެށިގެން ޖަމާކުރަން ފަށައިފި އެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ ކުރިން ސަރުކާރުން ހާފިޒުންނަށް ދެމުން އައީ މަހަކު 2،000ރ. އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަދަދު ދެގުނައަށް ބޮޑުކޮށް 4000 ރުފިޔާ ދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ޙާފިޡުންނަށް ދޭ އިނާޔަތް ބޮޑު ކުރުމަކީ ޙާފިޡުން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އިތުރުުކުރުމަށާއި ޤުރުއާނުގެ ޢިލްމު ފެތުރުން ފުޅާ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
.gif&w=3840&q=75)




