logoEN
Sto top
ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއްނުލާ - އެފްޑީސީ

ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއްނުލާ - އެފްޑީސީ

އަހުމަދު ޝުރާއު

logo

8/3/2025, 3:51:09 PM

# އެފްޑީސީ

-

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ހާމަކޮށްފި އެވެ.

Wamco

އެފްޑީސީން މިފަދައިން ހާމަކޮށްފައިމިވަނީ ކުއްލި ގޮތަކަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާލާފައިވާކަމަށްބުނެ އަޑުފެތުރުމާއި ގުޅިގެންނެވެ.

އެގޮތުން އެފްޑީސީން މިއަދު ބުނީ "ފަހި ޕޯޓަލް"ގައި ރެޖިސްޓާރވެ ލިޔެކިޔުންތައް އަޕްލޯޑްކުރަމުންދާ މިންވަރަކަށް، ސޮއިކުރުމަށް ގުޅަމުންދާކަމަށެވެ. އެގޮތުން މި މަސައްކަތް ހުއްޓާނުލާ ކަމަށާއި މިއަދުވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން ވަނީ ހާމަކޮށްފައި އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. ނަމަވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ސަރުކާރުން އެފްޑީސީއާއި ހަވާލުކުރުމާއި އެކު އެމަސައްކަތް އެކުންފުނީން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން މިހާތަނަށް 230 އަށްވުރެ ގިނަ ފަރާތާއި އެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އެވުޒާރާއިން މިހާރު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފައެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC