logoEN
Sto top
މިއަދުން ފެށިގެން ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ!

މިއަދުން ފެށިގެން ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ!

އަހުމަދު ޝުރާއު

logo

7/30/2025, 6:13:40 PM

# ރާއްޖެ - ސްރީލަންކާ

-

ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ނިންމައިފި އެވެ.

Wamco

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ލިބޭނެ ކަމަށެވެ.

އަދި މި ނިންމުމަކީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުއާއި ދެބޭފުޅުން ކުރިޔަށް ގެންދިޔަ ދެގައުމުގެ ރަސްމީ މަޝްވަރާތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ރައްޔިތުންނަށް ސްރީލަންކާއަށް އައުމުން 90 ދުވަހުގެ ވިސާ މިހާރު ލިބެމުންދާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ކަމަށެވެ.

ސްރީލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ރާއްޖޭގެ 3 ދުވަސް ހޭދަކުރެއްވުމަށްފަހު ރައީސް އަނުރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންނެވީ މިރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC