
5 މިލިއަން ގަސް މަޝްރޫއުގެ ދަށުން ރައީސް އަނުރާ ރާއްޖޭގައި ގަހެއް އިންދަވައިފި: އިންދެވީ މޫނިމާ ގަހެއް!
# ރާއްޖެ - ސްރީލަންކާ--
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެޑައިގެންފިއެވެ.

މިއަދުގެ ގަސް އިންދުމުގެ ހަރަކާތުގައި ރައީސް އަނޫރާގެ އަރިހުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލަންކާގެ ރައީސް މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސް އަނޫރާ މިއަދު ސަލްޓަން ޕާކްގައި އިންދެވީ މޫނިމާ ގަހެކެވެ.
ވެރިކަމުގެ 5 އަހަރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް ވަނީ އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ގުޅުންހުރި

ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

މިއަދުން ފެށިގެން ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ!

5 މިލިއަން ގަސް މަޝްރޫއުގެ ދަށުން ރައީސް އަނުރާ ރާއްޖޭގައި ގަހެއް އިންދަވައިފި: އިންދެވީ މޫނިމާ ގަހެއް!
