logoEN
Sto top
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ނަޒީމް!

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ނަޒީމް!

އަހުމަދު ޝުރާއު

logo

7/30/2025, 1:37:02 PM

# އާރްޑީސީ

-

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަނުކުރައްވައިފި އެވެ.

Wamco

އާރްޑީސީއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު މިއަދު އެމަގާމުން ވަކިކުރެއްވުމަށްފަހުގައި އެވެ.

އެގޮތުން ޕީސީބީން ބުނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް – އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ވަކިކޮށް، އެމަޤާމަށް މއ. އެލީޒިއަމް އަލްފާޟިލް އިބްރާހިމް ނަޘީމް ވަނީ އައްޔަނުކުރެވިފައިވާ ކަމަށެވެ.

ނަޒީމް މީގެ ކުރީން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވި އެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން މިއަދު ވަކިކުރެއްވި ޒުހެއިރު މިހާރު ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC