logoEN
Sto top
ޗިލީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރަތް އިންޒާރު ނެރެފި

ޗިލީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރަތް އިންޒާރު ނެރެފި

އަހުމަދު ޝުރާއު

logo

7/30/2025, 12:12:52 PM

# ރަޝިޔާ ބިންހެނުން

މިއަދު ހެނދުނު ރަޝިޔާގެ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމާއިއެކު އުފެދުނު ސުނާމީއާއިއެކު ޗިލީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރަތް އިންޒާރު ނެރެފި އެވެ.

Wamco

ޗިލީގެ ޑިޒާސްޓަރ އެޖެންސީ، ސެނަޕްރެޑުން ރަތް އިންޒާރު ނެރެފައިވަނީ އުތުރުގެ އަރިކާ އާއި ޕަރިނަކޯޓާ ގެ ސަރަޙައްދުތަކާއި ދެކުނުގެ މަގަލަނޭސްއާ ދެމެދުގެ އައްސޭރިފަށުގެ މުނިސިޕަލިޓީތަކަށް ސުނާމީގެ އަސަރު ކުރާނެތީއެވެ.

ޗިލީއަށް ނެރުނު އެ އިންޒާރުގައި ބުނެފައި ވަނީ "ސުނާމީގެ މިންވަރާއި ސީރިއަސްކަމަށް ރިއާޔަތްކޮށް، ހާލަތުން އަރިގަތުމަށް ބޭނުންވާ އަދި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް މޮބިލައިޒް ކުރާނެ" ކަމަށެވެ.

އަދި އެ އެޖެންސީގެ ރީޖަނަލް ޓީމުތަކުން އިވެކުއޭޝަން ޕްރޮސީޖާތައް ފަށަން ޖެހޭ ކަމަށް ވެސް އެ އިންޒާރުގައި ވެ އެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރިކާ، ޕަރިނަކޯޓާއިން ފެށިގެން ލޮސް ލާގޯސް ސަރަޙައްދާ ހަމައަށް ގޮނޑުދޮށުގައި ހުންނަ ހުރިހާ ތައުލީމީ މަރުކަޒުތަކުގެ ކިޔެވުން މެދުކަނޑާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC