logoEN
Sto top
ފަރަންސޭސި ޕޮލިނީޝިއާއަށް 13 ފޫޓުގެ ރާޅު އަރާނެ ކަމަށް ލަފާކޮށް އިންޒާރުނެރެފި

ފަރަންސޭސި ޕޮލިނީޝިއާއަށް 13 ފޫޓުގެ ރާޅު އަރާނެ ކަމަށް ލަފާކޮށް އިންޒާރުނެރެފި

އަހުމަދު ޝުރާއު

logo

7/30/2025, 10:42:52 AM

# ރަޝިޔާ ބިންހެނުން

މިއަދު ހެނދުނު ރަޝިޔާގެ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމާއިއެކު އުފެދުނު ސުނާމީގެ ރާޅުތައް ފަރަންސޭސި ޕޮލިނީޝިއާއަށް އަރާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފި އެވެ.

Wamco

ފްރާންސްގެ ބާރު ދަށުގައި އޮންނަ ޖަޒީރާތަކެއްކަމަށްވާ ފްރާންސްގެ ޕޮލިނޭޝިއާގެ ލޯކަލް އޮތޯރިޓީން ދަނީ އެޖަޒީރާތަކުގެ ތެރެއިން މާކެސަސް އައިލެންޑްސްއަށް 4 މީޓަރު (13 ފޫޓު) ގެ އުސް ރާޅުތައް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި އެވެ.

ފްރާންސް ޕޮލިނޭޝިއާގައި ހުންނަ ފްރާންސް ރިޕަބްލިކްގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާކެސަސް އާކިޕެލަގޯގެ ނޫކޫ ހިވާ ނަމަކަށް ކިޔާ ރަށަށް 1.10 މީޓަރާއި 4 މީޓަރާއި ދެމެދުގެ ރާޅުތައް ރޭގަނޑު 1:00 ހާއިރު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އުއާ ހުކާ އާއި ހިވާ އޯއޭގެ ރަށްތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައި އެވެ.

ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާ ކައިރިއަށް މިއަދު ހެނދުނު އައި 8.8 މެގްނިޓިއުޑްގެ ބިންހެލުމަކީ މިފަހަރަކުން ދުނިޔޭގައި ރެކޯޑުކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ ރާޅުތަކުގެ އަސަރު ރަޝިއާ، ޖަޕާން އަދި އެމެރިކާގެ ސަރަހައްދުތަކަށް ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC