logoEN
Sto top
ރިޓަޔަރ ކުރައްވަން ނިންމަވާފައި ވަނިކޮށް އެޗްޑީސީގެ އެމްޑީ މައުރޫފް މަގާމުން އިސްތިއުފާދެއްވައިފި

ރިޓަޔަރ ކުރައްވަން ނިންމަވާފައި ވަނިކޮށް އެޗްޑީސީގެ އެމްޑީ މައުރޫފް މަގާމުން އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

7/30/2025, 11:49:39 AM

# އެޗްޑީސީ

-

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

Wamco

ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުން ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

އެމްޑީގެ މަގާމުން މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.

މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން މީގެ ކުރީން މައުލޫމާތު ދޭގޮތުގައި މައުރޫފް މަގާމުން ރިޓަޔަކުރައްވަން ނިންމެވީ ސިއްހީ ބައެއް ކަންކަމާ ގުޅިގެންނެވެ. ނަމަވެސް އެކަމުގެ ސީދާ ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

މައުރޫފު އެޗްޑީސީން ރިޓަޔާ ކުރައްވަން ނިންމެވި ނަމަވެސް ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާގޮތަށް ހަމަޖެހުނު ކަމަށްވެސް މީގެ ކުރީން ބައެއް މީޑިއާތަކުން ރިޕޯޓުކުރި އިރު މައުރޫފްވެސް ވަނީ އެފަދަ މަގާމަށް އައުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC