logoEN
Sto top
އެޗްޑީސީއާއެކު، ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި

އެޗްޑީސީއާއެކު، ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

7/28/2025, 5:30:32 PM

# އެޗްޑީސީ

-

އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައުއަށް އަހުލުވެރިކޮށް، ރީއިންޓަރގްރޭޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

Wamco

މިއީ، އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި،ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން މިއަދު ވަނީ ފަހިކޮށްދީފައެވެ.

ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތައް މިއަދު ހުޅުމާލެ ގެނެސް، މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު ދުވަހުގެ މެންދުރު ކެއުން ވަނީ ކުރިއަށްގެންގޮސްފައެވެ. ހަމަ އެއާއެކު އާންމުންނާ އެކުގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް ވަނީ މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައެވެ. މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހރަކާތްތަކާއެކުގައެވެ. އަދި މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ދަތުރު ނިންމާލެވިފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއްސާމާނު ހަދިޔާކުރުމާ އެކުގައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރާތުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފައެވެ.

އެޗްޑީސީއަކީ މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް އިސްވެ ހިންގައި، އެހީތެރިވެދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC