logoEN
Sto top
ހުޅުމާލޭގައި ތަރައްޤީކުރި ކޯޓު އިމާރާތް މިއަދު ހުޅުވަނީ

ހުޅުމާލޭގައި ތަރައްޤީކުރި ކޯޓު އިމާރާތް މިއަދު ހުޅުވަނީ

އަހުމަދު ޝުރާއު

logo

7/27/2025, 5:45:39 AM

# އެޗްޑީސީ

-

ހުޅުމާލޭގައި ތަރައްގީކުރި ކޯޓު އިމާާރާތް މިއަދު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

ހުޅުމާލޭގައި ތަރައްޤީކުރި މި އިމާރާތަކީ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލުހޯދައިދިނުމަށް ތައްޔާރުކުރި އިމާރާތެކެވެ.

މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރު ފަހު އެވެ. އެގޮތުން މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

މި އިމާރާތާއިއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، ބައެއް ކޯޓު ރޫމްތައް ބޭނުން ނުކުރެވޭވަރުވުމުން އެ ކޯޓުގެ ހަ ސެކްޝަނެއް ވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމަރާތަށް ބަދަލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC