logoEN
Sto top
ދިވެހީންގެ ދިގު އިންތިޒާރަކަށް ނިމުން: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ދިވެހީންގެ ދިގު އިންތިޒާރަކަށް ނިމުން: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

7/26/2025, 3:29:36 PM

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

-

ދިވެހީންގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕަސެންޖާރ ޓާމިނަލް ރަސްމީކޮށް ހުޅުއްވައިފި އެވެ.

Wamco

މި ޕަސެންޖާ ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސަށް ވަނީ އަރުއްވާފައެވެ.

އެގޮތުން ޓާމިނަލް ހުޅުވުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައު ކުލަގަދަ ހަފްލާއެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް މިރޭ ރަސްމީކޮށް ހުޅުވުނު 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލަކެވެ.

އައު ޓާމިނަލްގެ ކުރުކޮށް:

  1. ޖުމްލަ 72،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއް
  2. ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު
  3. 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް
  4. ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ
  5. ފުރާމީހުންނަށް ޚާއްސަ 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު އަދި 6 އީގޭޓް
  6. ރާއްޖެ އަންނަ މީހުންނަަށް 28 އިމިގްރޭޝަން ކައުންޓަރު އަދި 7 އީ ގޭޓު
  7. 12 އެއިރޯ ބްރިޖް
  8. ހައި ސްޕީޑް ބެގޭޖް ބެލްޓު

ވެލާނާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި، އެއަރޕޯޓުގެ ދިގު ތާރީޙާއި ތަރައްޤީގެ މުހިންމު އުސްއަލިތަށް ހިމެނޭ ހާއްސަ ރިޕޯޓެއް ރަސްމިއްޔާތުގެ ތެރެއިން ވަނީ ހުށަހަޅާފައެވެ. އަދި އެއަރޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއަރޕޯޓު ރަމްޒުތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި މިނިވަންކަމާއި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ރަސްޒުތައް ވަނީ ދައްކާލާފައެވެ. މިއާއެކު ތިއޭޓްރިކަލް ޕާފޯމެންސާއި ޑްރޯން ޝޯ ނިންމާލީ 6 މިނެޓުގެ ބޮޑު ހަވާއެރުވުމާއެކުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC