
ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު - ރައީސް
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް މިރޭ ބޭއްވި ކުލަގަދަ ބޮޑު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންމަކީ މުހިންމު ކަމެއްކަމަަށާއި އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް ނިންމެވީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއެއާޕޯޓު ކަމަށްވާތީ ކަމަށެވެ. އަދި އެ އެއަރޕޯޓުގެ އެންމެ މުހިންމު ތަނބަކީ އަލަށް ހުޅުވުނު ޓަރމިނަލް ކަމަށްވުމުން ކަމަށެވެ.
މިރޭ ހުޅުވުނު އައު ޓަރމިނަލާއެކު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ކުރިއަރައިގެންދާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަދަ ކަންކަމުގައި ދިވެހިން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ ރައްޔިތަކުވެސް އަބަދުވެސް އިސްކުރަންވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުކަމަށެވެ. އެގޮތުން އެންމެ އެކުގައި މަސައްކަތް ކޮށްފި ނަމަ މިފަދަ އެތައް ތަރައްޤީއެއް ހާސިލުވެ ބިނާތަކާއި އަދި މާނަވީގޮތުންވެސް ޤައުމު ތަރައްގީވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އައު ފެށުމެއް ކަމަށާއި މިއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަރައިގެންދާނެ ކަމަށެވެ.
މިރޭ ހުޅުވުނު ޓާމިނަލްގެ ކުރީން ބޭނުންކުރަމުން ދިޔަ ޓާމިނަލަކީ އަހަރު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް މިރޭ ރަސްމީކޮށް ހުޅުވުނު 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލަކެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލުން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކުރި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނަކަށް އެއާ އަރަބިއާ!

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު - ރައީސް
