logoEN
Sto top
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޖަލުތަކުގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމެއް!

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޖަލުތަކުގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމެއް!

އަހުމަދު ޝުރާއު

logo

7/26/2025, 8:14:30 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް”ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ރޭ ހުޅުވައިފިއެވެ.

Wamco

“ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” ގެ ސެންޓްރަލް ސީސީޓީވީ މޮނިޓަރިންގ ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީޜު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން އިބްރާހިމް މަފާޒް އާއި ޢަބްދުﷲ ވަހީދު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

“ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” އަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އުފެއްދި ކޮމާންޑެކެވެ. މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރެވުނު ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި މި ސަރވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމްއެއް އެކުލެވިގެންވެއެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެކެވެ. އަދި މުސްތަގްބަލްގައި މިސިސްޓަމްއަށް AI އިންޓަރގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެއެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެއް ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC