logoEN
Sto top
ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަރެކްޝަންސްއިން ސޮއިކޮށްފި

ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަރެކްޝަންސްއިން ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

7/8/2025, 12:37:20 PM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

Wamco

އެމްސީއެސްގެ ފަރާތުން މި ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާއިރު، ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަލްފާޟިލާ އަޒްހޫރާ އަޙްމަދުއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

މި ފަހުމްނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައެވެ.

މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC