%20(1).webp&w=3840&q=75)
އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލެ ވަށައިގެން 19 ސަރަހައްދަކުން މާދަމާރޭ ހަވާ އަރުވާނެ!
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މުޅި މާލެ ސަރަހައްދު ވަށައި ހަވާއަރުވަން ނިންމާފައިވާކަން ދިވެހި ސިފައިންގެ ބާރުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދު ހިމެނޭހެން ޖުމުލަ 19 ސަރަހައްދަކުން މާދަމާ ރޭ ހަވާއަރުވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަވާއެރުވުން ކުރިޔަށްދާނީ މާދަމާ ރޭ 20:30 ހާއިރު ކަމަށާއި 6 މިނެޓަށް ހަވާ އަރުވާނެ ކަމަށްވެސް ސިފައިން ވަނީ ބުނެފައި އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑުކޮށް ހަވާއަރުވާނެ ހަރަކާތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 20:00 ގައި އެވެ. އެމްއޭސީއެލުން ވަނީ ޓާމިނަލް ހުޅުވުމަށްވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާކަން ހާމަކޮށްފައި އެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލުން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކުރި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނަކަށް އެއާ އަރަބިއާ!

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު - ރައީސް
