logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު 2025: ޗެންޕިއަންކަން ޒައިކް ވޮލީ ކުލަބުން ހޯދައިފި

ކާވާ ޗެންޕިއަންސް ލީގު 2025: ޗެންޕިއަންކަން ޒައިކް ވޮލީ ކުލަބުން ހޯދައިފި

ހަސަން ޝަމްއޫން

logo

7/23/2025, 11:49:32 PM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

ޒައިކް ވޮލީ ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގެ ފައިނަލުގައި ރޭ ކިރްގިސްތާނުގެ ބިޝްކެކް އާއި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒައިކް ވޮލީ ކުލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން ޒައިކް ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ބިޝްކެކް ފައިނަލުން ޖާގަހޯދީލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު ލީގުބުރުގެ ދެވަަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޒައިކް އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ސެޓް 26-24 އަދި ި21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒައިކް އިންނެވެ. ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބިޝްކެކް އިންނެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓް 22-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒައިކް އިން ވަނީ އެކުލަބުގެ ތާރީޚުގައި ވެސް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދާފައެވެ. އަދި މިއީ ކަޒަކިސްތާނުގެ ކުލަބު ވޮލީގައި ވެސް އެގައުމުގެ ކުލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މީގެ އިތުރުން މި ކާމިޔާބީއާއެކު ޒައިކް ވީސީ ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވާ ޗެންޕިއަންސް ލީގަށް ވެސް ކޮލިފައިވެފައެވެ

މި މުބާރާތުގެ ޑްރީމްޓީމު ހިމެނުނު ކުޅުންތެރިންނަކީ ބެސްޓް އައުޓްސައިޑް ހިޓާ - މުރާދު ޖެހާން (ނޭޕާލް)، ބެސްޓް އައުޓްސައިޑް ހިޓާ - އޮމުރްބެކް ޒުނޫސޮވް (ކަޒަކިސްތާނު)، ބެސްޓް މިޑްލް ބްލޮކަރ - ނުރިސްލާމް މެޑެޓްބެކް އުލޫ (ކިރްގިސްތާން)، ބެސްޓް މިޑްލް ބްލޮކަރ - ޕޮރޮކޯފިން ވްލަޑިމިއާ (ކަޒަކިސްތާނު)، ބެސްޓް ސެޓަރ - ވޮލޮޑިމީރް ކޮވަލްޗުކް (ކަޒަކިސްތާނު) އަދި ބެސްޓް ލިބަރޯ - ސަންތޯޝް ރާއީ (ނޭޕާލް) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އޮޕޮޒިޓް ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ކަޒަކިސްތާމުގެ ވިޓަލީ އެރްޑްޝްޓެއިން އެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC