logoEN
Sto top
ވީއައިއޭގެ އާ ފަސިންޖަރ ޓާމިނަލް އޮޕަރޭޝަނަލައިޒްކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލެއް ކުރިޔަށް ގެންގޮސްފި

ވީއައިއޭގެ އާ ފަސިންޖަރ ޓާމިނަލް އޮޕަރޭޝަނަލައިޒްކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

7/23/2025, 2:18:15 PM

# އެމްއޭސީއެލް

-

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން އެއާޕޯޓު އާ ފަސިންޖަރ ޓާމިނަލް އޮޕަރޭޝަނަލައިޒްކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Wamco

އެމްއޭސީއެލުން ބުނީ މި ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވި، އެކަންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

އަދި މިއީ ބައިނަލްއަޤުވާމީ ގޮތުން ބަލާ ފަޔަރ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާރވިސަސްގެ ތެރެއިންވަނީ ކަށަވަރުކޮށްފައިކަންވެސް އެމްއޭސީއެލުން ހާމަކުރެއެވެ.

މި ޑްރިލްއަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއްކަމަށްވެސް އެމަޖެންސީ ސާރވިސަސްގެ ފާރާތުން ފާހަގަކޮށްފައިވެއެވެ.

މިއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކޮށްފައިވެއެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުންވަނީ ފަޔަރ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފައެވެ.

އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC