logoEN
Sto top
ވީއައިއޭގެ އައު ޓާމިނަލުން ހަތަރު ދުވަހުގެ ތެރޭގައި 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

ވީއައިއޭގެ އައު ޓާމިނަލުން ހަތަރު ދުވަހުގެ ތެރޭގައި 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

އަހުމަދު ޝުރާއު

logo

7/31/2025, 9:59:24 AM

# އެމްއޭސީއެލް

-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1) އިން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.

Wamco

26 ޖުލައި 2025 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ޓާމިނަލް 1ގެ އޮޕަރޭޝަންތައް ފަށާފައިވަނީ 27 ޖުލައި 2025 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ޓާމިނަލް ބޭނުންކުރަން ފެށި ދުވަހުން ފެށިގެން 30 ޖުލައި 2025ގެ ނިޔަލަށް ޓާމިނަލް 1 އިން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ. އަދި ޖުމުލަ 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ.

ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.

އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC