
--
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން "ބެލްޓް އެންޑް ރޯޑް ފޯރަމް ފޮރ އިންޓަރނޭޝަނަލް އެޑިޔުކޭޝަން ކޯޕަރޭޝަން"ގެ ނަމުގައި ޗައިނާގައި ކުރިއަށްދާ ފޯރަމުގައި ބައިވެރިވެއްޖެއެވެ.

މި ފޯރަމްގައި، އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް އާދަމް ވަނީ ޗައިނާގެ ޔުނިވާސިޓީތަކާއި ބައްދަލުކުރައްވައި، ޚިތާބުދެއްވަވައިފައެވެ.
މީގެ އިތުރުން، އެކަމަނާ ވަނީ މި ދަތުރުފުޅުގައި، ޒުރޒޯރ ވޮކޭޝަނަލް ކޮލެޖް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން މަތީ ތަޢުލީމީ ދާއިރާގައި ކުރިއެރުމަށް މަސައްކަތްކުރުމަށް އެމް.އެން.ޔޫގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް އާދަމް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ އެކި ޔުނިވާސިޓީތަކާއި އިސްބޭފުޅުންގެ އިތުރުން އެކަމަނާ ވަނީ ޗައިނާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސަޑަރ، ހިޒް އެކްސެލެންސީ، މރ. ފައިސަލް ނަޖީބާއި ބައްދަލުކުރައްވައިފައެވެ.
ގުޅުންހުރި

އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާއިމުކުރަނީ

އެމްއެންޔޫގެ ކެމްޕަހެއް ނައިފަރުގައި ތަރައްޤީކުރުމަށް އެފްޑީސީއާއި ހަވާލުކޮށްފި





