logoEN
Sto top
އީޕީއޭ އާއި އެމްއެމްއާރްއައިއާ ގުޅިގެން ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

އީޕީއޭ އާއި އެމްއެމްއާރްއައިއާ ގުޅިގެން ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

އަހުމަދު ޝުރާއު

logo

7/22/2025, 5:45:19 PM

# އެޗްޑީސީ

-

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން މިއަދު ފަށައިފިއެވެ.

Wamco

އެޗްޑީސީން ބުނީ މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކުއެވެ.

އެގޮތުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރުއެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ. އަދި މި ހަރަކާތަކީ، މި ކޯޕަރޭޝަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

View post on Twitter

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) ގެ އިސްވެރިން އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ އިސްވެރިން ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ އެކުންފނީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC