logoEN
Sto top
ޓީޓީއެމްގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް!

ޓީޓީއެމްގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް!

އަހުމަދު ޝުރާއު

logo

7/21/2025, 3:15:15 PM

# ބީއެމްއެލް

-

ޓްރެވެލް ޓްރޭޓް މޯލްޑިވްސް (ޓީޓީއެމް)ގެ ބޭންކިންގ ޕާރޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

Wamco

ދިވެހިރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ.

އޮގަސްޓް މަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއެމްގެ 9 ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ބީއެމްއެލް އަކީ މުހިއްމު ބައިވެރިއެއް ކަމަށާއި މި ސިނާއަތް ކުރިއެރުވުމަށް ބޭންކުން ނުހަނު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ދިވެހި އިޤްތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ޚިދުމަތްތަކާއެކު ޓްރެވެލް އެކްސްޕީރިއަންސް އިތުރަށް ރަނގަޅު ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަރުޚުރެއް ކަމަށެވެ.

ގައުމީ ބޭންކުން ދަނީ އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާ އަށް އެހީތެރިވަމުންނެވެ. މީގެ ތެރޭގައި ރިސޯޓް އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ޚިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް މި ދާއިރާ ކުރިއެރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC