
ކޮލަމާފުށި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
ގއ ކޮލަމާފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކޮލަމާފުށި ކައުންސިލުން މަސްވެރިކަމާއި ބެހޭ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮލަމާފުށި ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮލަމާފުށި ކައުންސިލުން ވަނީ ރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮލަމާފުށި ކައިރީގައި ވަދު ކަނދުފަތި ގާއިމް ކުރުމާ ގުޅޭގޮތުންނާއި ކޮލަމާފުށި އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށްޓަކާ ކުރެވިދާނެ މަސައްކަތްތަކާއި އަދި ދާއިރާއިން ލިބން ހުރި ފުރުސަތުތައާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކޮލަމާފުށި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވިއެވެ.
ގުޅުންހުރި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިއަހަރުވެސް ހުޅުމާލޭގައި 'އޯޝަން ފެސްޓިވަލް' ބާއްވަނީ!

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ފުޅާ މަޝްވަރާތަކެއް!




