
އާ ޓާމިނަލް ހުޅުވާ ރޭ ވައިގެ ސަރަހައްދު ދޮޅު ގަޑިއިރަށް ބަންދުކުރާނެ!
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުގެ ރަސްމިއްޔާތަށް އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން އެމްއޭސީއެލްއިން ނިންމައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން 10އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ. އެގޮތުން އެވަގުތު ދަތުރުކުރާ ޕަސެންޖަރުންނަށް ބުރޫ ނާރާނެ ގޮތަކަށް އެއާލައިންތަކާއި ގުޅިގެން އިންތިޒާމުތައް ހަމަޖައްސަމުން ގެންދާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައި އެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓު ހުޅުވުމަށް ޖުލައި 26 ވަނަ ދުވަހުގެ ރޭ އޮންނަ ޖަލްސާ ކުރިޔަށްދާ ވަގުތަކީ އެއާޕޯޓަށް އާންމުކޮށް ފްލައިޓު ނުޖައްސާ ގަޑިއެއް ކަމަށާއި ނަމަވެސް ބޮޑު ރަސްމިއްޔާތެއް އޮންނާތީ ނޯ-އެއާ ޓައިމް ނެރެ، އެކަން އިއުލާން ކުރަން ޖެހޭ ކަމަށެވެ.
އެމްއޭސީއެލްގެ ޑީއެމްޑީ މުހައްމަދު ލައްމާން ރާއްޖޭގެ ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑީގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އެގަޑީގައި އެއާޕޯޓަށް އާންމު އުޅަނދުތަކަށް ވަނުން މަނާވާނެތީ ޕަސެންޖަރުން ޓާމިނަލް ތަކަށް ގެންދިޔުމުގެ މަސައްކަތް ކުރާނީ އެމްއޭސީއެލުން ކަމަށެވެ. އެގޮތުން ފުރަން އަންނަ މީހުން އެއާޕޯޓަށް ވަންނަ ސަރަހައްދުގައި ހުންނަ ޕޮލިސް ޗެކްޕޯސްޓާއި ހިސާބުން އެމްއޭސީއެލްގެ އުޅަނދުތަކަށް ޓްރާންސްފާކުރެވޭނެ ކަމަށް ލަމްއާން ވަނީ ވިދާޅުވެފައި އެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
މި މަޝްރޫއު ނިމޭނެ ކަމަށް ބިން ލާދިން ގްރޫޕުންވެސް މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހަށެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލުން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކުރި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނަކަށް އެއާ އަރަބިއާ!

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު - ރައީސް
